ދިރާގުން އަނެއްކާވެސް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ. މިފަހަރު މި އޮފާ ހާއްސަކޮށްލާފައިވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ.
ކޮވިޑްގެ މި ހާލަތުގައި ގޭތެރޭގައި ތިބުމަށް އިދާރާތަކުން ބާރުއަޅަމުންދާއިރު ދިރާގުން އަންނަނީ ކަސްޓަމަރުންނަށް ޑޭޓާގެ ހާއްސަ އޮފާތަކެއް ދެމުންނެވެ. އެގޮތުން މިފަހަރު ދިރާގުން އަލަށް ތައާރަފްކޮށްފައިވާ އޮފާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓްކުރާ ބޫސްޓާތަކުން ދެގުނަ ޑޭޓާ އެލަވަންސް ދިނުމެވެ.
ދިރާގުން ބުނީ އެ ކުންފުނިން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާ ތަކެއް މިދިޔަ މޭ މަހުން ފެށިގެން ކަސްޓަމަރުންނަށް ދޭން ފަށާފައިވާއިރު އޭގެތެރޭގައި ދިރާގު ހިދުމަތްތަކުން އެކްޓިވޭޓް ކުރަށްވާ ބޫސްޓާ ތަކުން 100 ޕަސެންޓު އިތުރު ޑޭޓާ އެލަވަންސް ވެސ ދޭޏް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އަދި ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އާއި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކޮށް ބޫސްޓާ ތަކުންވެސް 100 ޕަސެންޓު އިތުރު ޑޭޓާ އެލަވަންސް ވެސް ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓާ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މިމަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.