ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން 'ދަންޖައްސަންޖެހޭ' ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސިޔާމަށް ނަސޭހަތް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭނެހެން މެންބަރުންގެ އަމަލުތައް ބެހެއްޓުމަށް، ސިޔާމް ދެއްކެވި ފަދަ ވާހަކަތަކެއް ތަކުރާރު ނުކުރެއްވުމަށް ސިޔާމަށް ނަސޭހަތްތެރިވާ ކަމަށާއި އެކަން ލިޔުމަކުން މެންބަރަށް ފޮނުއްވާނެ ކަމަށެވެ.
ހިސާނަށް ނިސްބަތްކޮށް ސިޔާމް އެހެން ވިދާޅުވެފައި ވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތުއެވެ.
އެ މައްސަލަ ހިސާންގެ ފަރާތުން މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުމުން ރިޔާސަތުން ވަނީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށާ ފުލުހަށް އަދި ޑިފެންސް މިނިސްޓްރީއަށް ވެސް ހުށަހަަޅާފައެވެ.
އެ މައްސަލައިގައި ސުލޫކް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހުށަހެޅުއްވީ ސިޔާމަށް ނަސޭހަތްތެރި ވުމަށާއި މާފަށް އެދިވަޑައިގަތުމަށް އެންގުމަށެވެ.