މިރޭ ޗާންދަނީ މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓެކްސީގައި އަލިފާން ރޯވެގެން ޓެކްސީ ވަނީ ހުއްޓާފައެވެ. އެއީ ރަތް ކުލައިގެ ކާރެކެވެ.
ޓެކްސީގައި އަލިފާން ރޯވެ ދުން އަރަމުން ދާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވި އިރު، އެ އަލިފާން ނިއްވާލުމުގައި އާންމުންގެ މީހަކު ހަރަކާތްތެރިވާތަން ފެނެއެވެ. އޭނާ އަލިފާން ނިއްވާލަނީ އަލިފާން ނިއްވާ ފުޅިއެއް ބޭނުންކޮށްގެންނެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން އަލިފާން ނިއްވުމުގައި ހަރަކާތްެރިވީ އެއާޕޯޓް ފަޔާ އެންޑް ރެސްކިއުގައި މަސައްކަތް ކުރާ މީހެކެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި މިހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންވެސް އަދި އެމްއެންޑީއެފް އިންވެސް ހާމަ އެއް ނުކުރެއެވެ.