1331 ދަރިވަރުންނާއެކު އެޗްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

މި އިމްތިހާނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން 13، 2021 ން ފެށިގެން ޖޫން 17، 2021 ގެ ނިޔަލަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އިމްތިހާނު ކުރިޔަށް ދާނީ މާލޭގެ 6 ސެންޓަރެއްގައާއި އަތޮޅުތެރެއިން 33 ސެންޓަރެއްގައި ކަމަށެވެ. އަދި މިވަގުތު ކުރިޔަށްދާނީ ހަމައެކަނި އިސްލާމް އަދި ދިވެހި ޕޭޕަރު އެކަނި ކަމަށާ، އޭ އެލް ގެ ޕޭޕަރުތައް ކުރިޔަށް ދާނީ އޮކްޓޯބަރު ނޮވެމްބަރުގައި ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

އަދި މިގޮތަށް ނިންމަން ޖެހުނީ މިފަހަރުގެ އޭ އެލްގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިފަހަރު އޭ ލެވެލް ޕޭޕަރުތައް ލީކްވުމާ ގުޅިގެން ރާއްޖޭގަ އޭ ލެވެލް އޮކްޓޯބަރަށް ބަދަލުކޮށް، މިއަހަރު ގްރޭޖުއޭޓްވާން ބޭނުން ކުދިންނަށް ޓީޗާ ބޭސްޑް އެސެސްމަންޓް ދހެޔގޮތހަހ ހަމަޖެއްސީ. އެހެން ނަމަވެސް ލީކްވީ ހަމައެކަނި އެޑެކްސެލް އޭލެވެލް ޕޭޕަރު ކަމަށް ވާތީ އެޗްއެސްސީ ލަސް ނުކުރާ ގޮތައް ހަމަޖެއްސީ.
އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވިދާޅުވެފައިވަނީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިމްތިހާނު ކުރިއަށް ގެންދިއުމަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާ އަދި އެއީ އޮކްޓޫބަރުގެ އިމްތިހާނަށް ދަރިވަރުންނަށް ލިބޭ ލުޔަކަށްވެސް ވާނެ ކަމަށެވެ.

އެޗްއެސްސީ އިމްތިހާނުގައި ދަރިވަރުން އިށީންނަން ޖެހެނީ ސުކޫލަށް ހާޒިރުވެ ކިޔަވާ ރިވިޝަނަށްވެސް ފުރުސަތު ނުލިބި ކަމުން އިމްތިހާނު ފަސްކުރުމަށް ބައެއް ބެލެނިވެރިން ބުނިނަމަވެސް އިމްތިހާނު ލަސްނުކޮށް މިއަދު ވަނީ ފަށާފައެވެ. އަދި އޮކްޓޫބަރު މަހު އޭލެވެލް އިމްތިހާނު އޮތުމުން އެ އިމްތިހާނާއެކު އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ބައެއް ބެލެނިވެރިން ވަނީ އެދިފައެވެ.

އޭލެވެލް އިމްތިހާނު ހުއްޓަލަން ނިންމާފައިވަނީ މޭ މަހުގެ 3 ވަނަ ދުވަހު އޭލެވެލްގެ 3 ޕޭޕަރެއް ލީކުވުމާ ގުޅިގެންނެވެ.