އުދަ އަރައިގެން ހއ. ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް އެމްޓީސީސީން މަރާމާތުކޮށްފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހޯރަފުއްޓަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ވެފައެވެ.

އެގޮތުން އެއާޕޯޓްގެ މުޅި ރަންވޭ ފެނުއަޑީގައި އޮތް އިރު އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަދި ގަދަ ވައިގެ ސަބަބުން އެއާޕޯޓު ޓާމިނަލްގެ ބައެއް ދޮރުތަކުގެ ބިއްލޫރި ތައް ވެސް ވަނީ ޓަޅައިގެންގޮސް ގެއްލުން ވެފައެވެ.

އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް އެމްޓީސީސީން ހަވާލުވެފައިވާއިރު އެމްޓީސީސީން ބުނީ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތްތައް މިމަހު އަށް ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

ހއ. ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވުނީ ނޮވެމްބަރު 6، 2020 ވަނަ ދުވަހުއެވެ.