މި އަަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ދައުލަތު ހިންގަމުންދާ 19 މިނިސްޓްރީގެ ތެރެއިން އެންމެ ގިނަ ހަރަދެއް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި މާލީ ރިޕޯޓުން ދައްކައިފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 949.1 މިލިއަން ރުފިޔާ ހަރަަދުކޮށްފައި ވާއިރު، ހެލްތް މިނިސްޓްރީން ވަނީ 785.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ހައުސިން މިނިސްޓްރީން ވަނީ 660.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލާ މަހުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 880.2 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭ 949.1 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރު ހަރަދު ކުރުމަށް ހުއްދަ ދީފައި ވަނީ 3054.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ މިނިސްޓްރީން މި އަހަރަށް ހުއްދަ ދީފައިވާ ބަޖެޓުގެ 31 ޕަސެންޓް ވަނީ އޭޕްރިލް މަހުގެ ނިޔަލަށް ހަރަދުކޮށްފައެވެ.
މިނިސްޓްރީ އޮފް ހެލްތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލާ މަހުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 831.8 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭ 785.3 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ. ހެލްތް މިނިސްޓްރީއަށް މިއަހަރު ހަރަދު ކުރުމަށް ހުއްދަ ދީފައި ވަނީ 2665 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ މިނިސްޓްރީން މި އަހަރަށް ހުއްދަ ދީފައިވާ ބަޖެޓުގެ 29.5 ޕަސެންޓް ވަނީ އޭޕްރިލް މަހުގެ ނިޔަލަށް ހަރަދުކޮށްފައެވެ.
މިނިސްޓްރީ އޮފް ހައުސިން އިން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލާ މަހުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 724.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭ 660.2 މިލިއަން ރުފިޔާ އެ މިނިސްޓްރީ ހަރަދުކޮށްފައި ވެއެވެ. ހައުސިން މިނިސްޓްރީއަށް މިއަހަރު ހަރަދު ކުރުމަށް ހުއްދަ ދީފައި ވަނީ 5328.6 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ މިނިސްޓްރީން މި އަހަރަށް ހުއްދަ ދީފައިވާ ބަޖެޓުގެ 12.4 ޕަސެންޓް ވަނީ އޭޕްރިލް މަހުގެ ނިޔަލަށް ހަރަދުކޮށްފައެވެ.
އެއްމެ ގިނަ ދޮގު ހެދީ އަސްލަމް.......