ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި އެޑްމިޓް ކޮށްފައި އޮތް 61 އަހަރުގެ ދިވެހި ފިރެހެނެކެވެ. ނަމަވެސް އަދި އެޗްޕީއޭއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައި ވަނީ 54 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 02:15 ގައެވެ.
މިއަދު ދެވަނަ އަށް މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 47 މީހެކެވެ. އެއީ މިއަދު ފަތިހު 05:55 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ތިން ވަނައަށް މަރުވެފައި ވަނީ ޑީއެޗް11ގައި އެޑްމިޓް ކޮށްފައި އޮތް 69 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހެނދުނު 10:53އެވެ.
އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 155 އަށް އަރާފައެވެ.