މިއަދު ރާއްޖެއިން ކޮވިޑް19 އަށް 1960 މީހުން ޕޮޒިޓިވް ވެ އެކްޓިވް ކޭސްގެ އަދަދު 22،421 އަށް އަރައިފިއެވެ.
އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 6333 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، އޭގެތެރެއިން 1960 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1518 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 11 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 431 މީހެކެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓް
- މިއަދު ޕޮޒިޓިވްވި އަދަދު: 1960
- ކޮވިޑް އެކްޓިވް ކޭސް: 22،421
- ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 294
- ކޮވިޑް މަރުގެ ޖުމްލަ އަދަދު: 123
- ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 54،365
- ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 31،812
- މި މަހު ޖުމްލަ 50 މީހުން ކޮވިޑުގައި މަރުވެފައި ވާއިރު މިއަދު ތިން މީހުން ވަނީ މަރުވެފައެވެ. މިއަދު ފުރަތަމަ މަރުވީ 12:02 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ މީހާ މަރުވެފައިވަނީ މިއަދު ހަވީރު 04:15 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ތިން ވަނަ މީހާ މަރުވީ މިރޭ 08:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ހުޅުމާަލެ ކޮވިޑު ފެސިލިޓތައް ހާދަ ބާރު ބޮޑުވަމުންނޭ ދޯ މިދަނީ