ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު 12:02 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 48 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާކަމަށެވެ. މިއީ ދިވެހި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 121 މީހާއެވެ. އަދި މިމަހު ތެރޭ ކޮވިޑް ޖެހިގެން މަރުވި 48 ވަނަ މީހާއެވެ.
ކޮވިޑް ޖެހިގެން އިއްޔެ 4 މީހުން މަރުވެފައިވާއިރު މިމަހުގެ 19 ވަނަ ދުވަހު ވަނީ 7 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ.
މި މަހަކީ ކޮވިޑް ގައި އެންމެ ގިނަ މީހުން މަރުވި އަދި އެންމެ ގިނަ މީހުން ޕޮޒިޓިވްވި މަހެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް 1،603 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެކްޓިވް ކޭސް ވަނީ 21،079 އަށް އަރާފައެވެ. މިއާއެކު ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 52،405 އަށް އަރާފައެވެ.
ކޮވިޑް ޖެހިގެން ގިނަ ބައެއްގެ ހާލު ސީރިއަސްވަމުންދާއިރު 286 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކޮވިޑް ޖެހިގެން މިމަހުގެ ތެރޭގައި ގިނައިން މަރުވެފައިވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް 19 ގައި ނިޔާވާ މީހުންގެ ވާހަކަ އިޙްތިރާމާއެކު ގެނެސްދިނުމަށް މަރުވީއޭ ނުލިއްވާ. ނިޔާވީއޭ ލިޔުއްވާ