ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ކޮންޓެކްޓުންް އިތުރުވާތީ ހަމައެކަނި ހައި ރިސްކު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް ބަދަލުގެނެސްފިއެވެ.

މިހާރު ކުރިޔަށް ދާ އެޗްއީއޯސީ ޕްރެސް ކޮންފަރެންސްގައި އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ބައިވެރިވި އާމިނަތު އަރޫޝާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވެ އެމީހުންގެ ކޮންޓެކްޓުންވެސް އިތުރުވާތީ ދެން ކޮންޓެކްޓް ޓްރޭސިން ހަދާނީ ހަމައެކަނި ހައި ރިސްކް މީހުންގެ އެކަނި ކަމަށެވެ. އަދި މިގޮތަށް ބަދަލު ގެނެސްފައި މިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށްވެސް އަރޫޝާ ވިދާޅުވިއެވެ. މިގޮތަށް ބަދަލު ގެނެސްފައި ވަނީ ކޮންޓެކްޓުން ދެނެގަތުމަށް ގިނަ ވަގުތު ނަގާތީއާއި، ހައި ރިސްކު މީހުން ދެނެގަނެ އެމީހުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ލަސްވާތީ ކަމަށް އަރޫޝާ ވަނީ ބުނެފައެވެ.

ހައި ރިސްކު މީހުންގެ ގޮތުގައި ބަލަނީ އުމުރުން ދޮށީ މީހުންނާއި، އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާ އަދި ނޭވާ ލުމުގައި ދަތިތައް ހުންނަ މީހުންނެވެ.