ކަސްޓަމަރުންނަށް އެންމެ ކަމުދަނީ ކޮން ބްރޭންޑެއްގެ ޕާނެއްތޯ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަލަން ފަށައިފިއެވެ.

އެސްޓީއޯއިން ވަނީ ސުޕާ މާކެޓުން ދޭ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، ކަސްޓަމަރުންނަށް އެންމެ ކަމުދާ ޕާނުގެ ބްރޭންޑަކީ ކޮބައިކަން އެންގުމަށް އެދިފައެވެ.

ރާއްޖޭގައި ތަފާތު ބްރޭންޑްތަކުގެ ޕާން ހުންނަ އިރު އެކި މީހުންނަށް ކަމުދަނީ އެކި ބްރޭންޑެވެ. ވައިޓް ޕާނުގެ ބަދަލުގައި ބްރައުން ޕާންވެސް ކާ މީހުން މަދެއް ނޫނެވެ. އަދި މިހާރު ގިނަ ރަށްރަށުގައި އެރަށެއްގެ މީހުންނަށް ކެވޭވަރަށް ޕާން ފިހާ ތަންތަންވެސް ހުރެއެވެ.

މިފަހަރު މިއޮތީ އެސްޓީއޯއިން އެންމެ ކަމުދާ ޕާނަކީ ކޮބައިތޯ ބެލުމަށް ހުޅުވާލާފައެވެ. އަވަހަށް ކޮންމެ މީހަކުވެސް އެމީހަކަށް އެންމެ ކަމުދާ ޕާނުގެ ބްރޭންޑްގެ ނަން އެސްޓީއޯ ޓްވީޓާ އެކައުންޓަށް ފޮނުވާށެވެ.