2019 ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު 22.2 ޕަސެންޓު ދަށްވެފައި ވާ ކަމަށް ދިރާގުން ބުނެފިއެވެ. އެކުންފުނިން އެހެން ބުނީ 32 ވަނަ އަހަރީ އާންމު ޖަލްސާއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މިދިޔަ އަހަރާ އަޅަބަލާއިރު 22.2 ޕަސެންޓް ދަށްވެފައި ވީ ނަމަވެސް ދިރާގުން ވަނީ މިދިޔަ އަހަރު 2.483 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. އަދި އިންޓަރެސްޓާއި ޓެކްސް ކެންޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 732 މިލިއަން މިދިޔަ އަހަރު ހޯދިއެވެ.

ދިރާގުގެ 2019 އަދި 2020 ގެ މާލީ ހިސާބުތައް ފެންނަ ކުރު އަދަދުތަކެއް

ދިރާގުން ބުނެފައިވަނީ 2019 ވަނަ އަހަރަށް ވުރެ 2020 ވަނަ އަހަރު ލިބުނު އާމްދަނީވެސް 13.1 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. 2020 ވަނަ އަހަރު ލިބުނު އާމްދަނީ ދަށްވި ސަބަބެއް ކަމަށް ދިރާގުން ބުނެފައި ވަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނާ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ފަތުރުވެރިން ރާއްޖެއައުން ބަންދުވެ މަދުވުމުގެ ސަބަބުން ކަމަށެވެ.

ދިރާގުން ވަނީ މުޅި އަހަރުގެ ޑިވިޑެންގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ބެހުމަށް ނިންމާފައެވެ. އަދި 2020 ވަނަ އަހަރުގެ ޑިވިޑެންޑަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ހިއްސާއަކަށް 4.77 ރުފިޔާ މަދު އަދަދެއް ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުގެ 32 ވަނަ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ބާއްވަނީ

ދިރާގުން ވަނީ އިންޓަރނެޓް ކަނެޓްޓިވިޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ސްރީލަންކާ ކޭބަލް (އެމްއެސްސީ) ގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފަށާފައެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ 80 ޕަސެންޓު ގޭބިސީއަކަށް ވަނީ ހިދުމަތްދޭން ފަށާފައެވެ. ދިރާގުން ބުނެފައި ވަނީ ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ހިދުމަތްތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭކަމަށެވެ. އަދި ކަސްޓަމަރުންނަށާއި ވިޔަފާރިތަކާއި އާންމުންގެ ހިދުމަތުގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، އިތުރު ކަސްޓަމަރުންނަށް ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު އަޅުގަނޑުމެންނާ ގުޅުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް އިތުރުކޮށްފައި ވާނެއެވެ.

ދިރާގުން މިއަދު ބޭއްވި 32 ވަނަ އަހަރީ އާންމު ޖަލްސާގައި 46 ހިއްސާދާރުންނާއެކު 717,373,704 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣުލަބިއްޔަތުން ވަނީ ފާސްވެފައެވެ.