ރާއްޖޭގެ އަތޮޅުތެރޭގެ 51 ރަށެއް މޮނިޓަރިންގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ 24 ގަޑިއިރުތެރޭގައިވެސް ރާއްޖެއިން ޖުމުލަ 1،467 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1267 މީހަކާ، އަތޮޅުތެރެއިން ޕޮޒިޓިވްވި 182 މީހަކާ، ހިންގަމުން ގެންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 18 މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 42،775 އަށް އަރާފައި ވާއިރު، މިވަގުތު ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 15،003 އަށް އަރާފައެވެ.

މިވަގުތު 51 ރަށެެއް މޮނިޓަރިންގައިނ އޮތް އިރު އެއީ:

ޅ. ނައިފަރު، އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ.ހިންމަފުށި، ކ. ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ، އއ.ރަސްދޫ، އައްޑޫ ސިޓީ، ހއ.ދިއްދޫ، ފ.ފީއަލި، އއ.ހިމަންދޫ، ކ.ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، އދ. ފެންފުށި، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ހދ. ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، ގއ ދާންދޫ، ިޅ.ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ.ކެދިކުޅުދޫ، ތ.ގުރައިދޫ، ދ.ހުޅުދެލި، ވ.ކެޔޮދޫ އާއި ތ.ތިމަރަފުށި އެވެ.

ކޮވިޑް ކޭސްތައް އިތުރުވެ ރާއްޖޭގައި ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

އަދި 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި މާދަމާއިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މޮނިޓަރިންގައި ހުރި ރައްތަކުގެ ތެރެއިން 9 ރަށެއްގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން ވަނީ އެ ރަށްރަށުގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއުވެސް ހިންގަންފަށާފައެވެ. އަދި އެއްވެ ޕާޓީ ތަކާއި ހަފްލާތަކާ ޖަލްސާ ބޭއްވުން މަނާކޮށް 3 މީހުންނަށްވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކޮށްފައެވެ.