ކޮވިޑް-19 ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެ، ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނެކެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 80 އަހަރު މީހެކެވެ. އަދި އޭނާ މަރުވީ މިރޭގެ ވަގުތެއްގައެވެ.

މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާއެވެ.

މިއަދު ކޮވިޑް ބަލީގައި 4 މީހަކު މަރުވެފައިވާ އިރު މިއަދު ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު މިއަދު މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނަކު ވެސް ވަނީ މަރުވެފައެވެ. އަދި 3 ވަނަ މީހާ މަރުވެފައިވަނީ އއ. ރަސްދޫއިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އެއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 78 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.