ދުނިޔޭގައިވާ ފެނުގެ ސަޕްލައިއަށް ބަލާއިރު، މިހާތަނަށް ފެނުނު އެންމެ ޒަމާންވީ ފެން ކަމަށް ބުނާ ފެން، ކެނެޑާގެ މައިންއަކުން ފެނިފައި ވާ ކަމަށް، ޔުނިވާސިޓީ އޮފް ޓޮރޯންޓޯގެ ދިރާސާ ޓީމަކުން ބުނެފިއެވެ.

ޕްރޮފެސާ ބާބްރާ ޝާވުޑް ލޯލާއާ އޭނާގެ ޓީމުން މި ފެން ހޯދީ، އޮންޓާރިއޯގައި ދަގަނޑުގެ މައުދަން ނަގާ މައިނަކުން، 2009 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ. މި ފެން ފެނިފައި ވަނީ ބިމުގެ ސަތަހައަށް ވުރެ 3 ކިލޯމީޓަރު އަޑިން ކަމަށް ޕްރޮފެސާ ޕްރޮފެސާ ބާބްރާ ޝާވުޑް ލޯލާ ވިދާޅުވެއެވެ.

މި ފެނާ ގުޅޭ ތަހުލީލުތަކެއް އޮކްސްފޯޑް ޔުނިވާސިޓީގައި ކުރިއަށް ގެންގޮސްފައިވެއެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ހޯދުންތަކަށް ބަލާއިރު، މި ފެނަކީ، 1.6 ބިލިއަން އަހަރު ވެފައި ވާ ފެނެއް ކަމަށް ވަނީ ދެގެނަވިފައެވެ. މިއީ، މިހާތަނަށް ފެނުނު އެންމެ ދުވަސްވީ ސާމްޕަލްއެވެ.

ޕްރޮފެސާ ބާބްރާ ޝާވުޑް ލޯލާ ވިދާޅުވާ ގޮތުގައި، ކެނެޑާގެ މައިނުން ފެނުނު އެންމެ ޒަމާންވީ ފެނަކީ، ކަނޑުގެ ލޮނުފެނަށް ވުރެ ދިހަ ގުނަ ލޮނު ގަދަ ފެނެކެވެ.