ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 39 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ދަަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާދެމުން ގެންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ މުސްލިމް ފިރިހެނެކެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 74 އަކަށް އަރާފައެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައި ވަނީ އޭޕްރިލް 29 ވަނަ ދުވަހުއެވެ. އެދުވަހު 2 މީހުން ކޮވިޑްއަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވެއެވެ.

އެގޮތުން އެދުވަހު މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ 50 އަހަރުގެ އިންޑިއާ މީހަކާއި 85 އަހަރުގެ ދިވެހި އަންހެނެކެވެ. މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް ރާއްޖެއިން ޖުމްލަ 402 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.