މި އަހަރު ގޮވާމުން ފިތުރު ޒަކާތް ނެގުމުގެ މަސައްކަތުގައި އުޅެދޭނެ ދަރުމަވެރިން ހޯދަން އިއުލާން ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ފިތުރު ޒަކާތް ނެގުމުގެ މަސައްކަތް މެއި 4، 2021 ވާ އަންގާރަ ދުވަހުން ފެށިގެން މެއި 11، 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށެވެ.

އެހެންކަމުން ދަރުމަވެރިންގެ ގޮތުގައި އެ މަސައްކަތުގައި ބައިވެރިވެ މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މެއި 3، 2021 ވާ ހޯމަދުވަހުގެ 02:00 ގެ ކުރިން 7975713 / 9136188 އަށް މެސެޖްގެ ޒަރީއާއިން އެކަން ހިއްސާ ކުރުމަށް އެދިފައެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް (ހުކުރު ދުވަސް ފިޔަވައި):

  • ހެނދުނު: 10:00 އިން 12:00 އަށް.
  • މެންދުރު: 13:00 އިން 02:30 އަށް.
  • ރޭގަނޑު: 09:00 އިން 10:30 އަށް.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:-

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ގޮދަން ފުށް
  • ރަތް ހަނޑޫ
  • އާޓާ ފުށް

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.