އުރީދޫގެ ޕޯސްޓްޕެއިންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވަނީ 600 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަހުން މަހަށް ދޭ ޑޭޓާ އެލަވަންސްގެ ތެރެއިން މަސް ނިމޭއިރު ބޭނުންނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވެންސްއާއި އެކު އެއްވެގެންދާނެކަމަށެވެ.

އެކުންފުނިން ބުނީ ރޯލްއޯވާގެ ހިދުމަތް މެދުވެރިކޮށް ބޭނުންކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި 200 ޖީބީ އާއި ހަމައަށް ޑޭޓާ އަނެއް މަހުގެ ޕެކޭޖް އެލަވެންސްއަށް އެއްކުރެވުމާއި ސޯޝަލްމީޑިއާއަށް ހާއްސަ ޑޭޓާ އާއި އެޑްއޮންސްގެ ގޮތުގައި ނަގާފައިވާ ޑޭޓާ ފިޔަވައި މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ކުރިއަށްއޮތް މަހަށް އިތުުރުކުރެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ މި ހިދުމަތާއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅޭ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވިހުރި ޑޭޓާ އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ ޑޭޓާ އެލަވަންސްއަށް ވެގެންދާނެކަމަށެވެ.

އެގޮތުގެ މަތިން މިއަދު މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެ.

އޫރުދޫން ބުނީ ހެޔޮއަގުގައާއި އެންމެ ފުރިހަމަކަމާއެކު އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެކުންފުނިން ދާދިފަހުންވާނީ އާޗާ ޕްރިޕެއިޑްގެ ނަމުގައި އެއްފަހަރާ ރީޗާރޖްކޮށްގެން ދިގު މުއްދަތަކަށް ބޭނުންކުރެވޭ މުޅިން އާ ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތައާރަފްކޮށްފައި ކަމަށް ވެސް އޫރިދޫން ވަނީ ބުނެފައެވެ.