އިންޑިއާގެ ރިހައިގެ ވާހަކަ ދައްކާއިރު ހުލާސާއަކަށްވެސް ހުލާސާ ބޭނުންވެއެވެ. އިންޑިއާގެ ރިހައިގެ ތާރީހުގެ ވާހަކަ ދައްކާ ކޮޅުން ނުލާއިރު، އިންޑިއާގެ އެކި ހިސާބުތަކުން ލިބެން ހުރި އެކި ޒާތުގެ ރިހައިގެ ވާހަކައަކީވެސް ފުޅާދާއިރާއެއްގައި އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކިދާނެ ބާވަތްތަކެކެވެ.

އެގޮތުން ބަޓާ ޗިކަންއަކީ އިންޑިއާ ރިހަތަކުގެ ތެރެއިންވެސް މުޅި ދުނިޔެއަށް މަގުބޫލު ރިހައެކެވެ. އިންޑިއާގެ ހާއްސަ ރިހަތަކަށް ބަލާއިރު އެންމެ މަގުބޫލު އެއް ރިހައަކީ ބަޓާ ޗިކަންއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި އިންޑިއާ ރެސްޓޯރަންޓަކުންވެސް ލިބެން ހުރި މި ރިހަ އެންމެ ފުރަތަމަ ތައްޔާރުކުރީ ޝެފް ކުންދަން ލާލް ގުޖުރާލްއެވެ. އޭނާ މި ޑިޝް ތައްޔާރުކުރީ މީލާދީން 1948 ވަނަ އަހަރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.

މިއީ އިންޑިއާގެ ރިހައެއް ނަމަވެސް ދިވެހިންގެ ތެރޭގައިވެސް މަގަބޫކު ރިހައެކެވެ.

ބޭނުންވާ ތަކެތި:

  • 900 ގްރާމް ކަށިނެތް ކުކުޅު
  • ލޮނު (ރަހަ ލާ ވަރަށް)
  • 1 ސައިސަމުސާ ދިރި
  • 1 ސައިސަމުސާ ކޮތަނބިރި
  • 1ސައިސަމުސާ ގަރަމް މަސާލާ
  • 2 ލޮނުމެދު (ގާނާފަ)
  • ކާފޫރު ތޮޅި (ރަހަލާ ވަރަށް)
  • 1 މޭޒުމަތީ ސަމުސާ ބަޓާ
  • ތެޔޮ
  • 1/2 ޖޯޑު ޓޮމާޓޯ ޕޭސްޓް
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • ތެޅި މިރުސް (ރަހަލާ ވަރަށް)
  • 1 ޖޯޑު ޕްލެއިން ޔޯގަޓް
  • 1 ފިޔާ (ތުނިކޮށް ކޮށާފަ)
  • 1/2 ޖޯޑު ކާށި ކިރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު ކޮށާށެވެ. ދެން ބޮޑު ބޯތަށްޓެއްގައި ލޮނާއި ދިރިއާއި ކޮތަނބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަޓް އެއްކުރާށެވެ. އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖެހުމަށްފަހު މެރިނޭޓް ކުރުމަށް ބަހައްޓާށެވެ.

އެއަށްފަހު ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ. ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔާ އަދި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާށެވެ. ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު ކައްކާލާށެވެ.

ދެން ހަވާދު އަޅާ އެއްކޮށްލާށެވެ. ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކާށިކިރުކޮޅު އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތެލީގެ މަތި ޖެހުމަށްފަހު 30 މިނެޓުވަރު ކައްކާލާށެވެ. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ލޮނާއި ކުޅި ރަހަ ހެޔޮވަރު ކުރާށެވެ.

ބަޓާ ޗިކަން އަކީ ބަތް، ރޮށި، ފަރާޓާ، ނުވަތަ ނާނާއިއެކު ކާލެވޭ މީރު ސައިޑް ޑިޝް އެކެވެ.