ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެމީހާ މަރުވެފައި ވަނީ މިރޭ 08:44 ހާއިރު ކަމަށެވެ. އަދި އެއީ ޑީއެޗް11ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ 50 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ވަނީ ޑީއެޗް11ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 85 އަހަރުގެ އަންހެނަކު ވެސް މަރުވެފައެވެ.މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 73 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.

ކޮވިޑް ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.