ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އަންހެނެކެވެ.

އެމީހާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ތ. ކިނބިދޫ މީހެކެވެ. އަދި އެމީހުން ދިރިއުޅެމުން ދިޔައީ މާލޭގައެވެ. މަރުވެފައިވަނީ އުމުރުން 80 އަހަރުން މަތީގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 64 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑް ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.