ފަހަކަށް އައިސް ދިވެހިން ދަނީ ފޮނިއެއްޗެހި ތައްޔާރު ކުރުމަށް ބައިވަރު ރެސިޕީތަކުގައި ރާނބާފަތް ބޭނުންކުރަމުންނެވެ.

އެގޮތުން ރާނބާ ( ޕަންޑަން) ބޭނުން ކޮށްގެން ތައްޔާރު ކުރާ ކޭކަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް މަގްބޫލު އަދި ވަރަށް ގިނަމީހުންނަށް އެހާމެ މީރު ކޭކެކެވެ. މިއީ ވަރަށް މަދު އެއްޗެހި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ މީރު ކޭކެވެ.

ކޭކަށް ބޭނުންވާ ތަކެތި:

  • 3 ޖޯޑު ރާނބާ ފަތް ( ކުދި ކޮށް ކޮށާ މުގުރާފަ ދިޔަ)
  • 1/2 ޖޯޑު ކާށި ކިރު
  • ފެން
  • 2 ޖޯޑު ފުއް
  • 1/2 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ
  • 2 ބިސް
  • 1 ޖޯޑު ހަކުރު
  • 1/2 ޖޯޑު ތެޔޮ

ކްރީމް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • 3 ޖޯޑު ހެވީކްރީމް
  • 1 ޖޯޑު ހަކުރު
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

ކޭކް ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މުގުރާފައިވާ ރާނބާ ފަތް ކޮޅުގެ ދިޔަކޮޅު ތެރެއަށް ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ. އިތުރު ބޯތައްތަކަށް ބިހާއި ހަކުރު އަދި ތެޔޮ އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑާ އެއްކޮށްލުމަށް ފަހު ކުރިން ތައްޔާރު ކުރި ބައި އެތިކޮޅަކުން އަޅަމުން ދާށެވެ.

ޓްރޭ އެއްގައި ތެޔޮ ކޮޅެއް އުނގުޅާމަށް ފަހު ކޭކް މިކްސްގެ ތެރެއިން 2 އިންޗި ބޯމިނުގެ ކޭކެއް އެޅޭ ވަރަށް ޓްރޭގެ ތެރެއަށް އަޅާލައި 180 ޑިގްރީގައި 25 މިނަޓު ފިހެލާށެވެ.

ކްރީމް ތައްޔާރު ކުރާނެ ގޮތް:

ބޯތަށްޓަކަށް ހެވީ ކްރީމް (ވިޕިން ކްރީމް) އަޅަށެވެ. އޭގެ ތެރެއަށް ގިރޭ ވަރަކަށް ހަކުރު އަޅަމުންދާށެވެ. ހަކުރު ޖޯޑުގެ އެއްބައި ގިރުމުން ވެނީލާ އެސެންސް ކޮޅު އަޅާ ބާކީ ހަކުރާ އެއްކޮށް ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ)

ކްރީމް ތައްޔާރު ކުރެވުމުން ކުރިން ފިހުނު ކޭކް ކިޗެން ޕޭޕާ ޝީޓެއް މޭޒުމަޓިގައި ފެތުރުމަށް ފަހު ޝީޓު މަތީ ކޭކް ބާއްވާ އެތެރެއަށް ތައްޔާރުކުރި ކްރީމް އަޅާ ފަތުރާލާށެވެ. ރަނގަޅަށް ފެތުރުމުން ރޯލް އޮޅާލާށެވެ. އޮޅާ އިރު ކިޗެން ޕޭޕަރުން ބާރު ކުރަންވާނެއެވެ. އެއަށްފަހު ވަށް ފޮއްޗަށްވާހެން ކޮށާށެވެ.