ކޭކް ކާހިތްވާ މީހުންނަށް ވަރަށް މި ރެސިޕީއަކީ މީރު ރެސިޕީއަކަށް ވާނެއެވެ. މިއީ މަދު ތަކެތި ބޭނުން ކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ފަސޭހައިން ވެސް ތައްޔާރު ކޮށްލެވޭ އެއްޗެކެވެ.

ހަމަ އެހެންމެ ފޮނި އެއްޗެހި ކާހިތްވާ ހާއްސަކޮށް ޗޮކްލެޓަށް ލޯބިކުރާ ފަރާތްތަކަށް މި ރެސިޕީ ވަރެއް ނޯންނާނެއެވެ.

ބޭނުންވަތަކެތި:

  • 3 ޖޯޑު ހެވީކްރީމް
  • 3 މޭޒުމަތީ ސަމްސާ ހަކުރު
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • 2 ޕެކެޓް ބޭނުން ވައްތަރެއްގެ ބިސްކޯދު ނުވަތަ ޗޮކްލެޓް ވެފާ
  • ޗޮކްލެޓް (ގާނެޝް ކުރުމަށް)

ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓަކަށް ހެވީ ކްރީމް (ވިޕިން ކްރީމް) އަޅަށެވެ. އޭގެ ތެރެއަށް ގިރޭ ވަރަކަށް ހަކުރު އަޅަމުންދާށެވެ. ހަކުރު ޖޯޑުގެ އެއްބައި ގިރުމުން ވެނީލާ އެސެންސް ކޮޅު އަޅާ ބާކީ ހަކުރާ އެއްކޮށް ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ)

ދެން ޓްރޭއެއް ބިސްކޯދު (ބޭނުން ވައްތަރެއްގެ) ލޭޔާއެއް ފަތުރާށެވެ. މިގޮތަށް އެއް ލޭޔާ ފެތުރުމަށްފަހު ތައްޔާރުކުރި ވިޕިން ކްރީމް ލޭޔާއެއް ފަތުރާށެވެ. (ފަތުރާނީ ބިސްކޯދުގެ ބޯމިނަށްބަލާ) އެގޮތަށް ވިޕިން ކްރީމާއި ބިސްކޯދު ހުސްވަންދެން ލޭޔާ ހަދަމުން ގެންދާށެވެ.

އެއަށްފަހު އެންމެ މަތީގައި ވިޕްޑް ކްރީމް ލޭޔާއެއްލާ ނިމުމުން މައްޗަށް ބިސްކޯދު ނުވަތަ ޗޮކްލެޓް ޗިޕްސް އަޅާ ގާނޭޝް ކޮށްލާށެވެ. ކެއުމަށް ބޭނުން ކުރާނީ ގަޑިއެެއްހާއިރު ނުވަތަ 2 ގަޑިއިރެއްހާއިރު ފިނިކޮށްލާފައެވެ.