ޗީޒް ކޭކަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. ހާއްސަކޮށް ފޮނި އެއްޗެހި ކާހިތްވާ ފަރާތްތަކަށް ޗީޒް ކޭކް ވަރެއް ނޯވެއެވެ.

މި ރެސިޕީއަކީ ޗީޒްކޭކް މީރު ފަރާތްތަކަށް އަދި ފޮނި ކާއެއްޗެއްގެ ގޮތުގައި ރޯދަމަހުގެ ސުފުރާ މައްޗަށް، ނެގުމަށް ފަސޭހާއިން ތައްޔާރު ކޮށްލެވޭ އެހާމެ މީރު ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ކްރީމް ޗީޒް
  • 1/2 ސަވާ ކްރީމް
  • 1،1/2 ޖޯޑު ކިރު
  • 1 ޕެކެޓް އިންސްޓެންޓް ޗީޒް ކޭކް ފްލޭވާ ޕުޑިން
  • 8 ޖޯޑު ފްރެށް ބެރީ (ބޭނުން ވައްތަރެއްގެ ބެރީއެއް)

ތައްޔާރު ކުރާނެ ގޮތް:

ބޯތަށްޓަކަށް ކްރީމް ޗީޒް އަޅާށެވެ. އޭގެ ތެރެއަށް ގިރޭ ވަރަކަށް ސަވާ ކްރީމް އަޅަމުންދާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ)

އެއްކޮށް ގިރުމުން ބޯތައްޓަށް ކިރު އަޅާ އަނެއްކާވެސް އެއްކޮށްލާށެވެ. އެއްފަހު ފްލޭވާ ޕުޑިން އަޅާށެވެ. އެއަށް ދެން ބެރީތައް އެއްކޮށްލާށެވެ. އެއްކުރާނީ ދޭފަތަކުންނެވެ. އެއްކޮށް ތައްޔާރު ކޮށް ނިމުމުން ކެއުމަށް ބޭނުން ކުރުމުގެ 20 މިނެޓް ނޫނީ 30 މިނެޓްވަންދެން ފިނިކޮށްލާށެވެ.

މި ސެލެޑް ކެއުމަށް ބޭނުން ނަމަ ހުހާވެސް ކެވިދާނެއެވެ. ނުވަތަ މީރު ވައްތަރެއްގެ ބިސްކޯދެއް ބޭނުން ކުރާށެވެ.