މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑް-19އަށް އިތުރު 132 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 24،783 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ބަލި ޖެހުނު 67 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 45 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 18 މީހުން ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި 3049 މީހުން ތިބިއިރު، މިހާތަނަށް 21،646 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށް 83 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 67 މީހަކު މަރުވެފައެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާ ނަމަވެސް ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މާދަމާއިން ފެށިގެން ސުކޫލުތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.