ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އިއުލާނު ކުރި ކާފިއު އުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނުގައި ބުނީ، ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށް އަޅާފައިވާ ފިޔަވަޅު މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް އެޗްޕީއޭއިން ވަނީ އިތުރު ލުއިތަކެއްވެސް ދީފައެވެ. އެގޮތުން އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ އާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، އެކަމާގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.
ހަމައެހެންމެ ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކްތައް ވެސް ހުޅުވާލާފައިވާއިރު ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ވެސް މިވަނީ ހުޅުވާލާފައެވެ.
އޭގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޖިމްތަކުގައި ކަސްރަތު ކުލާސްތައް ކުރިއަށް ގެންދިއުމަށާއި އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތް ދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވާލާފައެވެ.
އެޗްޕީއޭއިން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވާ އިރު އިއްޔެ އެކަނި ވެސް މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 241 އަކަށް އަރާފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން 73 އާ ކޭސް ރިޕޯޓްކުރި އިރު އަތޮޅު ތެރެއިން އިއްޔެ 74 އާ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ޢުވާލަން މަޖުބޫރުވީ އަންނި އަށް ކެމްޕޭނު ނުކުރެވޭތި މައިމޫނާ ގެންގޮސްގެން ބިރު ދެއްކީމަ ޖެހޭނީ އުވާލަންތާ ގައުމުގެ ރައީސް މީހާއަކީ އިބޫ ވެރިކަން ހިންގަނީ ބުއްޅަބޭ. މިއޮތީވާ ގައުމެއް