ޅ.ކުރެންދޫއިން 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އާއިޝަތު ވިޝާމާ ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މީހަކާއި ކުޑަކުއްޖެއް ކަމަށެވެ.

ވިސާމާ ވިދާޅުވީ އޭގެ ތެރެއިން ކުޑަކުއްޖާ އަކީ ނައިފަރަށް ދިޔަ ކުއްޖެއް ކަމަށާއި މީހާ ޕޮޒިޓިވްވެފައިވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ކަމަށެވެ.

އެ ދެ ކޭސް އާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިސާމާ ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ކޮންޓެކްޓުންގެ ސާމްޕަލް ނެގުން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިސާމާ ވިދާޅުވި ގޮތުގައި އެ ކޭސްތަކާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ނުލާ ކަމަށެވެ.

މުޅި ޅ. އަތޮޅަށް މިހާރު ކޮވިޑް ފެތުރިފައިވާއިރު އެއަތޮޅުގެ ގިނަ ރަށްތަކެއް މިހާރު ވަނީ މޮނިޓަރިން އަށް ލާފައެވެ.