ކޮވިޑް-19 ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި އަދަދު 67 އަށް އަރައިފިއެވެ.
މިއަދު 12:27 ހާއިރު އައިޖީއެމް އީއާރް އަށް ގެންދިޔަ އުމުރުން 66 އަހަރުގެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އެ މީހާ މަރުވެފައި ވަނީ 12:35 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
މިއީ މި މަހު މި ބަލީގައި މަރުވި ފަސް ވަނަ މީހާއެވެ.
ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
މި މަހު ތިން ވަނަ މީހާ މަރުވީ 18 ވަނަ ދުވަހުއެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ. އަދި ހަތަރު ވަނަ މީހާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއް ގައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތެވެ.