މި މަސްތެރޭ ރާއްޖެ އައި 1 ލައްކަ ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މާޗް މަހުގެ އެއް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މިއަދު އެމިރޭޓްސް އެއާލައިންގެ ފްލައިފްލައިޓެއްގައި ކަމަށެވެ.

އެއް ލައްކަ ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެއަށް އައިސްފައިވަނީ މިސްރަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށްވާ ހަނާ މުހައްމަދު އަހްމަދު ކާމިލް މުސްތަފާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ދެ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައި ރިސޯޓަށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަހު ރާއްޖެއައި އެއް ލައްކަ ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އާއި އިމިގްރޭޝަންގެ ފަރާތުން އެފަތުރުވެރިންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު 5،516 ފަތުރުވެރިން ވަނީ އައިސްފައެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން މާޗް 27 ވަނަ ދުވަހުގެ ނިޔަލަށް 283،383 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.