މިއަދު ޖުމްލަ 121 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 49 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 12 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 49 މީހަކާއި ލިވަ ބޯޑުން 1 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 13 މީހުން ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

މިއަދު ޕޮޒިޓިވްވި އަދަދު: 121

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 93

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 23،524

ކޮވިޑް އެކްޓިވް ކޭސް: 2728

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 20،723

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 66

ކޮވިޑް ބަލީގައި މިހާތަނަށް 66 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މި މަހު ތިން ވަނަ މީހާ މަރުވީ 18 ވަނަ ދުވަހުއެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ. އަދި ހަތަރު ވަނަ މީހާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއް ގައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތެވެ.