ނ. ޅޮހީ މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޅޮހީ ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ނައީމާ ވިދާޅުވީ އެރަށް މޮނީޓަރިން ހާލަތުން ނަގާފައިވަނި ރޭގެ ވަގުތެއްގައި ކަމަށެވެެ.

ނައީމާ ވިދާޅުވިގޮތުގައި އެރަށުން 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި އޭގެ ތެރެއިން ތިން މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ.

ޅޮހިން ޕޮޒިޓިވް ކޭސް އެއް ނުފެންނަތާ ދެ ދުވަސްވެފައިވާއިރު ރޭގެ ވަގުތެއްގައި އެރަށުގައި ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ކަރަންޓީނުގައި ތިބި 100 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ނައީމާ ވިދާޅުވިއެވެ.

ޅޮހި މޮނީޓަރިން ހާލަތަށް ލާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ.

ޅޮހި މޮނީޓަރިންގެ ހާލަތުން ނަގާފައިވާއިރު މިހާރު މޮނިޓަރިން ހާލަަތަށް ބަދަލުކޮށްފައި ހުރި ރަށްތަކުގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ. އެއީ ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ޅ.ފެލިވަރު ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިލިއެވެ.