ޓިކްޓޮކަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް އެޕޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކި އުމުރު ފުރައިގެން މީހުން އެއެޕް ބޭނުން ކޮށްގެން ހުނަރު ދައްކާލަމުން އަންނަ އިރު މޯލްޑިވިއަންގެ ކެބިން ކްރޫއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ނިމްޝާ ޒާހިރުގެ ނަން ދިވެހިންގެ ތެރޭގައި ވައިގައި ހިފީ ވެސް ޓިކްޓޮކުންނެވެ.
އޭނާ ކުޅޭ ޓިކްޓޮކްތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބި މިއަދު އޭނާއަކީ ރާއްޖޭގެ ޓިކްޓިކް ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ނަމެވެ. ނިމްޝާ ނޭނގޭ މީހަކު މިއަދު ރާއްޖޭގައި ނެތޭ ބުންޏަސް ދޮގަތަކަށް ނުވާނެއެވެ.
ފަރި ނެށުމުން ގިނަ ބައެއްގެ ހިތްތައް ކަތިލަމުން އަންނަ ނިމްޝާ ޓިކް ޓޮކް ކުޅެން ފެށީ ސޯޝަލް މީޑިއާ ގައި ކުއްޖަކު ނަށާފައި އޮތް ވީޑިއޯއެއް ފެނި އެ އެޕުން އޭނާގެ ހުނަރު ދައްކާލުމުގެ ގޮތުންނެވެ.
ކުޑައިރުންސުރެ ވެސް ނެށުމަށް ވަރަށް ފޯރި ހުންނަ ނިމްޝާ ބުނިގޮތުގައި ނެށުމުގެ ދާއިރާއަށް ބޮޑަށް ވަދެވުނީ މަންމަގެ ފަރާތުންނެވެ. އެއީ މަންމައަކީ ކުރިން މަޝްހޫރު ނެށުން ތެރިއެއް ކަމަށް ނިމްޝާ ބުނެއެވެ.
ނިމްޝާ ފުރަތަމަ މާލެ އައިސް އުޅުނީ ފްލޮރިސްޓަކަށެވެ. އަދި ފްލޮރިސްޓަކަށް އުޅެމުން އޭނާ ވަނީ ކެބިންކުރޫގެ ވަޒީފާ އަދާކޮށްފައެވެ. ހަތް އަހަރު ކެބިންކުރޫއެއްގެ ގޮތުގައި އުޅުނު ނިމްޝާ އެ ވަޒީފާ ދޫކޮށްލީ އޭރު ސިއްހީ ހާލަތު ހުރި ގޮތުން ކަމަށާއި އަދި ނެށުމުގެ ކެރިއާ ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް އޭނާ ބުނެއެވެ.
އުމުރުން 26 އަހަރުގެ ނިމްޝާ، ކުޅޭ ހުރިހާ ޓިކްޓޮކެއް ވެސް ކުޅެނީ ވަރަށް ކުޅޭ ހިތުންނެވެ.
ސްޓައިލް ކުރުމަށް ލޯބި ހުންނަ ނިމްޝާ އަންނަނީ ތަފާތު ވައްތަރުގެ ހެދުން އަޅައިގެން ޓިކްޓޮކް ކުޅެމުންނެވެ. ހާއްސަކޮށް އެނާ އެންމެ ހެދުން އަޅާ ހިތްވަނީ ރެޓްރޯ ސްޓައިލަށެވެ.
ނިމްޝާ ހެދުން އަޅާ ގޮތަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު ނިމްޝާ ދެކޭގޮތުގައި ފާޑު ކިޔުމަކީ ކުރިއެރުމެވެ.
ނެގަޓިވް ކޮމެންޓް ލިބުނު ނަމަވެސް ނިމްޝާއަށް ޕޮޒިޓިވް ކޮމެންޓް ލިބޭ ވަރުވެސް މަދެއް ނޫނެވެ. ނިމްޝާ ހެދުން އަޅާ ގޮތް ކަމުދާ އެތައް ބަޔަކު އުޅެވެ. އަދި އޭނާ ހެދުން އަޅާ ގޮތަށް ހެދުން އަޅަން މަސައްކަތް ކުރާ މީހުންވެސް މަދެއް ނޫނެވެ.
ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އޭނާގެ ހެދުން އެޅުން އެހާ ކަމުދަނީ އޭނާގެ ހަށިގަނޑުގެ ބައްޓަން ވެސް ރީތި ކަމުންނެވެ.
ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ނިމްޝާ ވަރަށް އިސްކަމެއް ދެއެވެ. އެގޮތުން އަބަދުވެސް ވަކި މިންގަނޑެއްގައި ހަށިގަނޑު ބެހެއްޓޭތޯ އޭނާ ބަލައެވެ. ނިމްޝާ ބުނީ ރީތި ހަށިގަނޑަށް ބެނުންވާ ޑެއިލީ ވޯކްއައުޓް އޭނާ ކުރާ ކަމަށެވެ. އަދި ސިއްހަތަށް ފައިދާ ހުރި ޑައިޓް ވެސް އޭނާ ކުރާ ކަމަށެވެ.
އަމިއްލަ ޑާންސް އެކަޑަމީއެއް
ނިމްޝާ ނަށަން ދަސްކޮށް ދިނުމަށް އުފެއްދި އެކަޑަމީއަށް ކިޔަނީ "ޑައިނާސްޓީ ޑާންސް އެކަޑަމީ" އެވެ. އެ އެކަޑަމީގެ ކުލާސްތައް ޒުމްބާ އަދި ނަށާ ހިތްވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އިރު އެ އެކަޑަމީއަށް ބޮޑު ސަޕޯޓެއް ލިބޭ ކަމަށް ނިމްޝާ ބުނެއެވެ. އެގޮތުން ގިނަ ކުދިންނާއި ބޮޑެތި މީހުން ވެސް އެ ޑާންސް އެކަޑަމީގައި ރަޖިސްޓާ ވެފައިވާ ކަމަށް އޭނާ ބުނެއެވެ.
އެ އެކަޑަމީގައި ބޮޑެތި މީހުންނަށް ނަށަން ދަސްކޮށް ދޭނީ 1000 ރުފިޔާ އަށެވެ. އަދި ކުޑަކުދިންނަށް 500 ރުފިޔާ އަށެވެ.
ކޮވިޑް ހާލަތާ ގުޅިގެން އެ ޑާންސް އެކަޑަމީގެ ކްލާސްތައް ހުއްޓިފައި އޮތް ނަމަވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ނިމްޝާ ބުނެއެވެ.
މި ހުރިހާ ކަމަކަށް ނިމްޝާ އަށް އެންމެ ސަޕޯޓު ލިބެނީ އޭނާގެ މަންމަގެ ފަރާތުން ކަމަށް އޭނާ ބުނެއެވެ. އޭގެ އިތުރުން ފިރިމީހާ އާއި ރަހުމަތްތެރިންގެ ފަރާތުން ވެސް ސަޕޯޓު ލިބޭކަމަށް ނިމްޝާ ފާހަގަ ކުރެއެވެ.
ނިމްޝާ ބުނާގޮތުގައި އޭނާ މިހާ ހިސާބަށް އައުމުގައި އޭނާގެ ސަޕޯޓަރުންގެ ދައުރުވެސް ވަރަށް ބޮޑެވެ. އަދި ކޮންމެ ވީޑިއޯ އަކަށް ވެސް އެ ދޭ ލޯތްބާ އިހުތިރާމް ބަލައިގަންނަ ކަމަށް އޭނާ ބުނެއެވެ.
ފިލްމަކުން ފެނިދާނެތަ؟
ނިމްޝާ ފިލްމަކުން ނުވަތަ ލަވައަކުން ފެނިގެން ދިއުމަކީ އޭނާގެ ކޮންމެ ސަޕޯޓަރަކު ވެސް މިހާރު އެންމެ ބޭނުންވާނެ އެއް ކަންތައްކަން ޔަގީނެވެ.
އެކަމާ ގުޅިގެން ނިމްޝާ ބުނަނީ ފިލްމަކުން ވެސް ނުވަތަ ލަވައަކުން ވެސް ނުފެނިދާނެ ކަމަށް ނުބުނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފިލްމަކުން ވެސް ފެނިދާނެ ކަމަށް ނިމްޝާ ބުނެއެވެ.
ނިމްޝާ ބުނިގޮތުގައި އޭނާ ފިލްމެއް ނުވަތަ ލަވައެއް ކުޅެން އެންމެ ބޭނުން ވަނީ ރީކޯ މޫސަ ނުވަތ ގިޔާސް އާ އެކުގައެވެ. އެއީ އޭނާ ކުޑައިރުން ފެށިގެން ސަޕޯޓުކު ރަމުން އަންނަ ދެ ފަންނާނުން ކަމަށް އޭނާ ބުނެއެވެ.
އެންމެ ދެކެން ބެނުންވާ ދުވަސް
ނިމްޝާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދިވެހި ރާއްޖޭގައި މޮޅެތި ނެށުން ތެރިން ކުރިއަށް އޮތްތަނުގައި ފެނުމެވެ. ހުނަރުވެރި ކުދިން ތިބި ގައުމެއް ކަން ފާހަގަކޮށް ނިމްޝާ ބުނީ އޭނާގެ މަގުސަދަކީ ޑާންސް ކުރާނެ ބޮޑު ޕްލެޓްފޯމެއް އުފެއްދުން ކަމަށެވެ.
ނަށާތަން ބަލަން ބޭނުންވެގެން ބަލާ ގްރޫޕް ވަރަށް ބޮޑުވާނެ. ބަލަ ބަލާފަ އެއްޗިހި ކިޔާ އިރު ބަލަނީ ކީއްކުރަން ބާއޭ ހިތައް އަރާ. ތިމާ ނުރުހޭ ކަންކަން ނުބެލީމަ ނިމުނީނު
ތިގޮލާ އާއި އެމްޑީޕީ ޗެއަރޕަރސަން އާ ދެވާފަ ބަހައްޓަން ފެނޭ. ދީނީ ކަންފުޅެއް ވެސް ހުރި މީހެއް ނޫން ތިއީ.ވަރަށް ސަލާމް.
އަހަރުން ބޭނުމެއްނޫން ނަރަކައިގެ އަލިފާންގަނޑަށް ފުންމާލާކަށް. އެހެންވީމަ އަހަރުން ބޭނުމެއްނޫން އޭނަ ހެދުންއަޅާގޮތަށް ހެދުން އަޅާކަށް. ލިއުންތެރިޔާ އެގޮތަށް ހެދުންއަޅާހިތްވޭ ދޯ