މިއަދު ހެންދުނުން ފެށިގެން ގދ. ކާޑެއްދޫ އެއާޕޯޓަށް ޖައްސަން ޝެޑިއުލް ކޮށްފައި ހުރި ފްލައިޓްތައް ކެންސަލް ކޮށް އެ އެއާޕޯޓް ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާޕޯޓް ބަންދު ކޮށްފައި މިއަދު ހެނދުނުން ފެށިގެންނެވެ. އެ އެއާޕޯޓް ބަންދުކޮށްފައި ވަނީ އެއާޕޯޓްގައި ބޭނުން ކުރާ ފަޔާ ލޮރީ ހަލާކުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މިހާރު އެ ފަޔާ ލޮރީ މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކާޑެއްދޫ އެއާޕޯޓަކީ ހުވަދު އަތޮޅަށް ގިނަ ބަޔަކު ދަތުރުކުރަން ބޭނުން ކުރާ އެއް އެއާޕޯޓެވެ. އަދި މި އެއާޕޯޓުގެ ސަބަބުން ސަރަހައްދުގެ ގިނަ ރިސޯޓުތަކަށް ޓޫރިސްޓުން ދަތުރުކުރެ އެވެ.

ފަޔާ ލޮރީ ހަލާކުވެ ނުހެދި އެހާ ގިނަ އިރު ވާ ސަބަބު ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.