ކޮވިޑް-19 ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި އަދަދު 65 އަށް އަރައިފިއެވެ.

މިއަދު މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ.

މިއީ މި މަހު މި ބަލީގައި މަރުވި 3 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 65 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން ވެސް ވަނީ 3 މީހަކު މަރުވެފައެވެ. އެ 3 މަރުގެ ތަހުގީގު ކޮށް އެޗްޕީއޭއިން އަދި ނަތީޖާއެއް އާންމެއް ނުކުރެއެވެ.

ކޮވިޑް ޖެހިގެން މަރުވި 65 މީހުންގެ އިތުރުން މަރުވި 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވީ ނަމަވެސް އެ 7 މީހުން މަރުވީ ކޮވިޑުގައި ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.