ފުވައްމުލަކު ސިޓީގައި ހަދާ "މަސްޖިދުލް ހުދާ" (ކުރިން ލިލީ މިސްކިތް) މިސްކިތް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައި ވާ ފަރާތްތަކަށް ކަމަށެވެ. ރާއްޖެއިން ބޭރު ކުންފުނިތަކުން އެ ގަވާއިދުގައި ބުނާ މަރުހަލާގައި ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށާއި، ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ އެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ބަލައިގަންނާނީ 7 މާޗުން 4 އެޕްރީލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
ބީލަން ހުޅުވުން އޮންނާނީ 5 އޭޕްރީލު ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އެންސީބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފުވައްމުލަކުގައި އަޅާ މިސްކިތު ޑިޒައިންކޮށްފައިވާ ކުރެހުމަށް ބަލާއިރު މިސްކިތް މަތިން ފެންނަނީ މަލެއްގެ ބައްޓަމަށެވެ. މިސްކިތުގެ ވަށާ ފާރު ގައި ކަނޑާ ނަގާފައިވާ ކުރެހުން ރީތިވެފައި ފުރިހަމަ ކަން ފާހަގަވާ އިރު އެތަނުން މިސްކިތް ތެރެއަށް އަލި ވަންނާނެއެވެ. އަދި މިސްކިތުގެ ބޮޑުކަން ވެސް އެ ކުރެހުމުން ފާހަގަ ކުރެވެއެވެ.
ދެފައިގަ ހިފާފަ ބުނަން ތިޔަ މިސްކިތެއް ހަދާއިރު ވެސް ފައިވާނާއި ބޫޓު ވާރެއިން ހިޔާވާނެ ތަނެއް ހުންނާނެ ގޮތަށް ޑިޒައިން ކުރާތި. * ގިނަފަހަރަށް މިސްކިތްތައް ޑިޒައިން ކުރަނީ ނަމާދު ނުކުރާ މީހުން. އެކަމަކު އެފާސްކުރާ މީހުން(މިނިސްޓުރީ) އެކަން ބަލަން ޖެހޭނެ. މިސާލަކަށް އިބުރާހީމީ މިސްކިތުގަ އެކަން ވަރަށް އުނދަގޫ.ބޭރުގަ ބަހައްޓާފަ ހުންނަ ފުޅާ ދެފޫޓެއްހާ ހަރަކުން އެކަމެއް ނުކުރެވޭ.ވެހިގެންފި ނަމަ ތެމޭނެ.