ރޯދަ މަހު ކޮންމެ މީހަކު ވެސް ބަލާނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ، މީރު އެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. އެގޮތުން މިއަދު މި ބަލާލަނީ، އެންމެ 3 އިންގްރިޑިއެންޓް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ފޮނި އެއްޗަކަށެވެ.
ޗޮކްލެޓް އައިސްކްރީމް ޕައި ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.
ބޭނުން ވާނެ ތަކެތި:
- 2 ޕެކެޓު އޯރިއޯ ބިސްކޯދު
- 1 ތަށި ވެނީލާ އައިސް ކްރީމް
- 1/2 ތަށި ކުކިން ޗޮކްލެޓް (މެލްޓް ކޮށްފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސްކޯދު ކުނޑިކޮށްލާށެވެ. އެއަށްފަހު ކުނޑިކުރި ބިސްކޯދުގެ ދެ ސަމުސަލެއްހާ އެތިކޮޅު ނަގާ އެއްކާރި ކުރުމަށްފަހު ބާކީ ހުރި ބިސްކޯދު ބޯ ތައްޓަކަށް އަޅާލާށެވެ. މިކަމަށް ޓްރޭ އެއް ވެސް ބޭނުން ކުރެވިދާނެއެވެ. ތަށީގެ އަޑިއަށް ބިސްކޯދު އެޅުމަށްފަހު ރަނގަޅަށް ފިތާލާށެވެ.
ދެން އޭގެ މައްޗަށް ވެނީލާ އައިސްކްރީމް ތަށި އަޅާލާށެވެ. އަދި އައިސްކްރީމް ރަނގަޅަށް ފަތުރާލާށެވެ. އެއަށްފަހު މެލްޓް ކުރި ޗޮކްލެޓް ސަމުސަލެއް ބޭނުން ކޮށްގެން ތަށީގެ މައްޗަށް އަޅާލާށެވެ. އަދި އެއްކައިރި ކުރި ބިސްކޯދު ކުޑިކޮޅު އޭގެ މައްޗަށް ވިއްސާލާށެވެ.
ދެން ތަށި އައިސް އަލަމާރިއަށް ލުމަށްފަހު ހަތަރު ގަޑިއިރު ވަންދެން ފިނި ކުރާށެވެ. އޭރުން ޗޮކްލެޓް އައިސްކްރީމް ޕައި ތައްޔާރު ކުރެވުނީއެވެ.