އެމެރިކާގައި މާމައަކާ އޭނާގެ މާމަ ދަރިފުޅު ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް 2 މީހަކު ވަދެ، ގަދަ ބާރުން ފޭރެން އުޅުމުން، 12 އަހަރުގެ ފިރިހެން ކުއްޖަކު، ފޭރެން އުޅުނު މީހުންގެ ގަޔަށް ބަޑި ޖަހާ، ގެއިން ފޮނުވާލައިފިއެވެ.

ގޯލްޑްސްބޮރޯގެ ފުލުހުން ބުނީ މާސްކު އަޅައިގެން ތިބި 2 މީހުން ގަދަކަމުން އެޕާޓްމަންޓަށް ވަދެގަނެ، ފައިސާ ފޭރެން އުޅުމުގެ ތެރޭގައި، އުމުރުން 73 އަހަރުގެ އަންހެނެއްގެ ގަޔަށް ބަޑިޖެހި ކަމަށެވެ. މިއާއެކު، ފޭރެން އުޅުނު މީހުންގެ ގަޔަށް، 12 އަހަރުގެ ފިރިހެން ކުއްޖާވެސް ބަޑިޖެހީ ކަމަށް ފުލުހުން ބުނެއެވެ.

ފިރިހެން ކުއްޖާ ބަޑިޖެހުމާއެކު ފޭރެން އުޅުނު މީހުން އެޕާޓްމަންޓް ދޫކޮށް ދިޔައެވެ. މިކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފެށިއެވެ. މި އޮޕަރޭޝަންގެ ތެރެއިން، އުމުރުން 19 އަހަރުގެ ހަލީލް ހެރިންގް އަތުލައިގަތީ ހަތަރު އަނގޮޅިއަކުންނެވެ. ބަޑީގެ ވަޒަން އެރުމުގެ ސަބަބުން، އޭރުވެސް ހެރިންގް ވަނީ ޒަހަމްވެފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ހެރިންގް މަރުވެއްޖެއެވެ.

73 އަހަރުގެ އަންހެން މީހާ (މާމަ)ގެ ފުރާނައަށް ނުރައްކާ ވާ ވަރުގެ ޒަހަމެއް ލިބިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

ހެރިންގްއަކީ އެޕާޓްމަންޓުން ފޭރެން އުޅުނު 2 މީހުންގެ ތެރެއިން އެކަކަށް ވާއިރު، 2 ވަނަ މީހާ އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. ހެރިންގްގެ ގަޔަށް ބަޑިޖެހި ކުއްޖާއާ ދެކޮޅަށް ދައުވާ އުފުލާނެ ކަމަކަށް ނުބެލެވެއެވެ.