މިދިޔަ ނުވަ މަސް ދުވަހު ތެރޭ ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި އެކި ހިދުމަތް ހޯދުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ ސަބަބުން ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނައި ކަމަށާއި މި ދަތި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން ކަސްޓަމަރުނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިން ކޮށް އެދި ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން އިތުރު އެކައުންޓް ހުޅުވުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު އަދަދު ކަމަށާއި މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 33 ޕަސަންޓަށް ވުރެ އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބީއެމްއެލް އިން ބާރުއަޅާފައިވާ ކަމަށާއި މި ގޮތުން އިންޓަނެޓް ބޭންކިންގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި އިންޓަނެޓް ބޭންކިން އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި ޑިޖިޓަލް ޕިންގެ ހިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެމްއިން ބުނެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗް ތަކުން ކިއުބީއެޕް ނަންބަރުތަކަށް ހިދުމަތް ދެމުންދާ ކަމަށާއި ސާވިސް ސެންޓަރު ތަކުން ހިދުމަތް ދެމުން ދާނީ އެޕޮއިންޓްމަންޓަށް ކަމަށެވެ.
ކޮވިޑު ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާ ވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓް އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރާ ކަން ވެސް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.
ވަގު ބޭންކު ގޮވައިގެން ހެއްކާއެކު މިތިބީ ކޯޓު މަރުހަލާގަ.ބޭޒާރުވެސް ކޮށްލާނަން....އިޝްތިހާރު ކުޅޭނެ ކަމެއް ނެތް.ޖެހޭނީ މެނޭޖުމަންޓު ބަދަލުވާން.