ސެމްސަންގް ގެލެކްސީ އެސް-21 ސީރީސް ގެ ފޯނުތައް ޕްރޯ އޯޑާ ކުރުމުގެ ފުރުސަތު އިއްޔެ ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ، އެ ކުނފުނި މެދުވެރިކޮށް ނަގާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް-21 ސީރީސްގެ ފޯނާ އެކު ހާއްސަ އޮފާތަކެއް ލިބިގެން ދާނެ ކަަމަށެވެ. އެގޮތުން އެސް-21 އަދި އެސް-21 ޕްލަސް ފޯނު ގަންނަ ކޮންމެ ކަސްޓަމަރަކަށް 6 މަސް ދުވަހުގެ މުއްދަތަކަށް 10 ޖީބީ ފްރީ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު މި ދެ ފޯނު ބަލައިގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ސެމްސަންގް ފިޓް 2 އަދި ގެލެކްސީ ސްމާޓް ޓެގް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ދެ ފޯނުގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް-21 ޕަލްސް އަލްޓްރާ ފޯނު ބަލައިގަންނަ ކަސްޓަމަރުންނަށް ގެލެކްސީ ސްމާޓް ޓެގްގެ އިތުރުން ސްމާތް ބަޑް ލައިވް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ސެމްސަން ގެލެކްސީ އެސް-21 ސީރީސް ގެ ފޯނުތަކަކީ 5ޖީ ނެޓްވޯކް ބޭނުންކުރޭވެ ފޯނުތައް ކަމަށާއި އެ ފޯނުތަކާއެކު ދިރާގު 5ޖީ ނެޓްވޯކް މެދުވެރިކޮށް އީސިމް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. މިހާރު މި ފޯނުތަކަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކުން ދިރާގުގެ https://www.dhiraagu.com.mv/eshop ލިންކަށް ޒިޔާރަތް ކުރުމަށް ދިރާގުން ބުނެއެވެ.