ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް 5ޖީ އަދި އެސް 21 ޕްލަސް އަލްޓްރާ 5ޖީ ގެ ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ އެ ދެ ފޯނު ޕްރީ އޯޑަ ކުރުމަށް ހުޅުވާލާފައި ވަނީ ވަރަށް ހާއްސަ އޮފާތަކާ އެކުގައި ކަމަށެވެ. އެގޮތުން ޕްރީއޯޑަރަށް ފޯނު ބަލައިގަންނަ ކޮންމެ ކަސްޓަމަރަކަށް ހާއްސަ އިފާތަކެއް ދޭ އިރު، ގެލެކްސީ އެސް 21 ޕްލަސް ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
މީގެ އިތުރުން ޕްރީ އޯޑާ ކުރާ ކޮންމެ ގެލެކްސީ އެސް 21 ޕްލަސް އަކާ އެކު ސްމާޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ. ޕްރީ އޯޑާ ކުރާ ކޮންމެ ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ އަކާއެކު ވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، ގެލެކްސީ އެސް 21 ޕްލަސް 5ޖީ - 256 ޖީބީ ފޯނުގެ އަގަކީ 22،799 ރުފިޔާ ކަމަށެވެ. އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ 5ޖީ - 256 ޖީބީ ފޯނުގެ އަގަކީ 27،399 ރުފިޔާ ކަމަށް އުރީދޫން ބުނެއެވެ.
ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑާ ޙާއްސް އޮފާގެ އިތުރުން އީސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ. ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21 ޕްލަސް ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓް ފޯމް މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.
މޫލީ މެދުވެރިކޮށް އޯޑާ ކުރުމަށް http://ore.do/app މިލިންކް ބޭނުން ކުރެވިދާނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/s21 މި ލިންކަށް އަށް ޒިޔާރަތް ކުރުމަށް އުރީދޫން ބުނެއެވެ.