ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ގުނާލެވޭ ޗައިނާގެ މަހުޖަނު ޖެކް މާ އަށް ވީނުވީ އެއް ނޭނގި "ގެއްލިގެން" އުޅޭތާ 3 މަހެއްހާ ދުވަހަށް ފަހު އޮންލައިން ކޮންފަރެންސް އަކުން ފެނިއްޖެއެވެ.

މި ކޮންފަރެންސްގައި މާ ފެނިލީ މިނެޓަކަށް ވުރެވެސް ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް، މިކަން ވީ ވިޔަފާރީގެ ދުނިޔޭގެ އިންވެސްޓަރުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ވަގުތު ކޮޅަކަށެވެ.

ލައިވްސްޓްރީމް ކުރި އޮންލައިން ވީޑިއޯ ކޮންފަރެންސްގައި މާ ފެނިގެން ދިއުމާއެކު، އޭނާގެ އަލީބާބާ ގްރޫޕް ހޯލްޑިންގް ލިމިޓަޑްގެ ހިއްސާގެ އަގުތައް 58 ބިލިއަން ޑޮލަރަށް އަރައިގެން ދިޔައެވެ.

ޓީޗަރުންތަކަކާ ވާހަކަ ދައްކާތީ މާ ފެންނަ މި ވީޑިއޯއަކީ، އޮކްޓޯބަރު 2020 އަށްފަހު މާ ފެނުނު ފުރަތަމަ ފަހަރެވެ. އާންމުންނަށް މާ ގެއްލުނީ، ޗައިނާގެ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ފައި ވަނިކޮށް ކަމުން، ގިނަ ބަޔަކު ދިޔައީ މާ ގެއްލުމާއި ޗައިނާ ސަރުކާރުގެ އަޑި ނޭނގޭ ހައިޖާނަކާވެސް ގުޅުވަމުންނެވެ.

އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ޖެކް މާ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ވިޔަފާރި ހާންދާނަށް ޗައިނާގެ އޮފިޝަލުންގެ ސަމާލުކަން ވަނީ އަމާޒުވެފައެވެ. އެ ކުންފުނިން ޕަބްލިކް ސެކްޓަރަށް ވަނުމަށް ހުށަހެޅި 37 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ޖެކް މާގެ އަމިއްލަ ޝޯގެ ފިނާލޭ އެޕިސޯޑުން އޭނާ ފެނިފައި ނުވުމަކީ، އޭނާގެ ސަލާމަތާ މެދު އިންތިހާއަށް ކަންބޮޑުވާން ޖެހޭ ސަބަބެއް ކަމަށް، ޗައިނާގެ ޒަމާންވީ އުދުއްވުގެ ގޮތުގައި އޮތް އިންޑިއާއިން ވަކާލާތު ކުރިއެވެ.

ނަމަވެސް، މިއިން އެއްވެސް ކަމަކަށް މާ އަދި ވާހަކަދައްކާފައެއް ނުވެއެވެ.