ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ އޭނާގެ ފައި ބިންދާލައި ފޯނާއި ވޮލެޓު ފޭރިގެންފިއެވެ.
ފުލުހުން ބުނީ ހުޅުމާލެގައި ބިދޭސީ އަކަށް ހަމަލާދީ އޭނާގެ ފޯނާއި ވޮލެޓު ފޭރިގެންފައިވާ މައްސަލައެއް މިރޭ ހުށަހަޅާފައިވާ ކަމަށެވެ.
ބިދޭސީ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ބިދޭސީންނަށް ހަމަލީ އެމީހުން ބައެއް ސާމާނު ފޭރިގަން މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
އެގޮތުން މިދިޔަ އަހަރު ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް މަގުމަތިން ދަނިކޮށް ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ހަމަލާދީ، ވޮލެޓް ވަނީ ފޭރިގަނެފައެވެ.
އެ ހާދިސާގައި އަނިޔާވި ފަރާތަށް އެކިވަރުގެ ގެއްލުން ލިބި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.
ދެރަ ކަންކަން ....