ޏ. ފުވައްމުލައް ރިންގް ރޯޑުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫއު ނިންމާފައިވަނީ ޑިސެމްބަރު 30، 2020 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 2950 މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި 4425 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ކޮންކްރީޓް ގާ އެތުރުން ހިމެނެއެވެ.

އޭގެ އިތުރުން މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ފުވައްމުލަކު ރިންގް ރޯޑު / ފޮޓޯ: އެމްޓީސީސީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެދިޔަ މި މަޝްރޫއަކީ 37.19 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މާޗް 29، 2020 ގައެވެ.