ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެތައް މިލިއަން ފޯނެއްގައި ވަޓްސްއެޕް މެސެޖިންގް އެޕްލިކޭޝަން ބޭނުން ނުކުރެވޭނެކަން ހާމަވެއްޖެއެވެ.

ޖަނަވަރީ 1 ވަނަ ދުވަހުން ފަށައިގެން ވަޓްސްއެޕް ބޭނުން ކުރުމުގެ ފުރުސަތު ބަންދުވަނީ، އެ އެޕްލިކޭޝަނަށް އަންނަ އަޕްޑޭޓަކާ އެކުގައި ކަމަށް ހަބަރު ލިބެއެވެ. ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަންއަކީ، ކުރީގެ އެންޑްރޮއިޑާއި އައިފޯންތަކުގައި އޮޕަރޭޓް ކުރާނެ ވާޝަންއެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. އެއް ގޮތަކީ އޮޕަރޭޓިންގް ސިސްޓަމް އަޕްގްރޭޑް ކުރެވެން އޮތްހާ މައްޗަށް އަޕްގްރޭޑް ކުރުމެވެ. އެވަރުން ނުވެއްޖެ ނަމަ އާ ފޯނެއް ގަންނަންޖެހުމެވެ.

އައިފޯންތަކަށް ބަލާއިރު، އައިއޯއެސް 9 ނުވަތަ އޭގެ ފަހުގެ ވާޝަންތައް މަސައްކަތް ނުކުރާ ފޯނުތަކާ، އެންޑްރޮއިޑް ނަމަ 4.0.3 އޮޕަރޭޓް ނުކުރާ ފޯނުތަކުގައި، ވަޓްސްއެޕްގެ އާ ވާޝަން ބޭނުން ނުކުރެވޭނެ ކަމަށް ހަބަރު ލިބެއެވެ. އެންމެ ކުޑަމިނުން ވަޓްސްއެޕް ހުޅުވާވެސް ނުލެވޭނެ ކަމަށްވެއެވެ.

އައިފޯން 4އެސް، އައިފޯން 5، އައިފޯން 5އެސް، އައިފޯން 6 އަދި އައިފޯން 6އެސްއަކީ އައިއޯއެސް 9 ގެ ކުރީގެ ފޯނުތަކެވެ. ނަމަވެސް، މި މޮޑެލްތަކަކީ އޮޕަރޭޓިންގް ސިސްޓަމް އަޕްގްރޭޑް ކުރެވޭނެ ފޯނުތަކެކެވެ.

އެންޑްރޮއިޑަށް ބަލާނަމަ، ސަމްސަންގް ގެލެކްސީ އެސް2، އެޗްޓިސީ ޑިޒާޔާ އަދި އެލްޖީ އޮޕްޓިމަސް ބްލެކް ހިމެނެއެވެ.