މާލޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ ބައެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖުގެ ރިސާޗަރުން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ އުމުރުން 65 އަހާރާއި 75 އަހަރު ދެމެދު މީހުން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.

އެގޮތުން މިދާރާސާގައި 312 އުމުރުން ދުވަސްވީ މީހުން ބައިވެރިވެފައިވާއިރު މިދިރާސާގައި މާލެގެ އެކި އަވަށުން މީހުންނާ ވަނީ ސުވާލުކޮށްފައެވެ.

ދިރާސާއިން ދައްކާގޮތުގައި 175 މީހުން އަންނަނީ ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ މީހުންނެވެ. އެއީ 56.1 ޕަސެންޓު މީހުންނެވެ. އަދި އެމީހުންގެ ތެރެއިން 91 މީހަކު ސިވިއާ ޑިޕްރެޝަނަށް ހުންނަ ކަމަށް ދިރާސާއިން ދައްކައެވެ.

އޭގެ އިތުރުން 55.4 ޕަސެންޓު މީހުން އެކަނިވެރިކަމުގެ އިހްސާސް ކަން ފާހަގަކޮށްފައިވާއިރު 64 ޕަސެންޓު މީހުން އިޖުތިމާއީ ގުޅުން ބާއްވާ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.

މިދިރާސާގައި 161 ފިރިހެން އަދި 151 އަންހެންވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 235 މީހުން މީހުންނާ އިނދެގެން އުޅޭއިރު 25 މީހުން އުޅެނީ އަނބިމީހާ/ފިރިމީހާއެކު ގައެވެ. އަދި 86 މީހިން އެކަނި އުޅޭއިރު 36 މީހުންނަކީ ހުވަފެންވެފައިވާ މީހުން ކަމަށް ދިރާސާއިން ދައްކައެވެ. އަދި 201 މީހުން އުޅެނީ އާއިލާއާ އެކުއެވެ.

މި ރިސާޗުގެ މަގުސަދަކީ އެކަނިވެރިކަމާއި ޑިޕްރެޝަނާއި އިޖްތިމާއީ ގުޅުން ބާއްވާ މިންވަރާ ހުރި ގުޅުން ދެނެގަތުމެވެ.