ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގެ ބާރަތު ބައޮޓެކުން ތަރައްގީ ކުރަމުން އަންނަ "ކޮވެކްސިން" ވެކްސިން، ތަޖުރިބާ ކުރައްވަމުން ގެންދަވާ ހަރްޔާނާ ސްޓޭޓްގެ ހެލްތު މިނިސްޓަރު، އަނީލް ވީޖު، ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޓްވިޓާގައި އާންމު ކުރެއްވި ޕޯސްޓެއްގައި އަނީލް ވިދާޅުވީ، ކޮވިޑް-19އަށް އޭނާ ޕޮޒިޓިވްވެފައި ވާ ކަމަށާ، މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސިވިލް ހޮސްޕިޓަލް އަމްބާތާ ކަންޓްގައި ކަމަށެވެ. އަދި ފާއިތުވީ ދުވަސްތަކުގައި އޭނާއާ އެކީއެއްތާވީ (ކޮންޓެކްޓުން)، ކޮވިޑް-19އަށް ޓެސްޓު ކުރުމަށްވެސް އަނީލް ވަނީ އެދިވަޑައިގެންފައެވެ.

އިންޑިއާގެ ބާރަތު ބައޮޓެކުގެ

ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ އިސް ލީޑަރުންގެ ސަފުގައި ގުނާ ލެވޭ އަނީލް، ކޮވެކްސްގެ ތަހުލީލީ މަރުހަގާ ތެރެއިން، ވެކްސިން ތަޖުރިބާ ކުރެއްވަން ފެއްޓެވީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ. އޭގެ ދުވަސް ކޮޅެއް ފަހުން ވަރުބަލިކަން އިހްސާސް ކުރައްވަން ޖެހިވަޑައިގަތުމުން، ކޮވިޑް-19އަށް ޓެސްޓު ކުރެއްވީއެވެ.

ވެކްސިން ތަޖުރިބާ ކުރައްވަމުން ގެންދަވާ އަނީލް ޕޮޒިޓިވްވި ހަބަރާއެކު، ބަރާތުގެ ކޮވެކްސިންގެ ކާމިޔާބީއާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ބާރަތު ބައޮޓެކުން ތަރައްގީ ކުރަމުން އަންނަ

ބާރަތު ކުންފުނިން ވަނީ އަނީލް ޕޮޒިޓިވްވުމުން ބަޔާނެއްވެސް އާންމު ކޮށްފައެވެ. ބާރަތު ކުންފުނިން ބުނީ ކޮވެކްސިންއަކީ 2 ޑޯޒްއެއްގެ މައްޗަށް އެކުލެވޭ ވެކްސިނެއް ކަމަށާއި، ދެ ޑޯޒްގެ ދެމެދު 28 ދުވަސް ފާއިތުވާނެ ކަމަށެވެ.

ވެކްސިންގެ ކާމިޔާބީ ކަނޑައަޅާނީ ދެވަނަ ޑޯޒްއަށްފަހު 14 ދުވަސް ފާއިތުވުމުން ކަމަށެވެ. ކޮވެކްސް ފަރުމާ ކޮށްފައި ވަނީ، 2 ޑޯޒް ފުރިހަމަ ކުރުމުން ކާމިޔާބު ހާސިލު ކުރެވޭ ގޮތަށް ކަމަށްވެސް ބާރަތު ކުންފުނީގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

ބާރަތު ކުންފުނިން ތަރައްގީ ކުރަމުން އަންނަ، "ކޮވެކްސް" ގެ ނަންދީފައި ވާ ވެކްސިން އޮތީ ތަހުލީލުތަކުގެ 3 ވަނަ މަރުހަލާގައެވެ. 3 ވަނަ މަރުހަލާގެ ތަހުލީލުތައް ފެށީ، ކާމިޔާބު ކަމާއެކު 2 ވަނަ މަރުހަލާ ނިންމާލެވުމުންނެވެ. 3 ވަނަ މަރުހާލާގައި އިންޑިއާއިން 26000 ހާހެއްހާ މީހުން ބައިވެރިވެއެވެ. މިއީ އިންޑިއާގައި 3 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ތަހުލީލުތަކެވެ.