ހުޅުމާލެގައި ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓު ދޭން އަދި ވަގުތު ނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު މަސައްކަތްތައް ކުރަމުންދާ އިރު މިހާރު ހުޅުމާލޭގެ ބައެއް ހިސާބުތަކަށް ކަރަންޓު ދީފައިވާނެ ކަމަށެވެ. ނަމަވެސް މުޅި ހުޅުމާލެއަށް ކަރަންޓު ދިނުމަށް އިތުރު ވަގުތު ނަގާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ދޭތެރެ ދޭތެރެއިން މާލޭގެ ސަރަހައްދުތަކުން އަންނަނީ ކަރަންޓު ކެނޑެމުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.