ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިގުބާލަށް ދާން ސްކޫލު ދަރިވަރުންނަށް މަޖުބޫރު ކުރާ ކަމުގެ ތުހުމަތު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވައިފިއެވެ.
ޝިޔާމް އެހެން ވިދާޅުވެފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ރައީސް ސޯލިހް ގަމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލްގެ ދަރިވަރުން ނެރެން އެންގުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝިޔާމް ވިދަޅުވީ ރާއްޖޭގައި ކޮވިޑު އެންމެ ގަދައަށް އޮތީ މާލޭ ސިޓީގައި ކަމަށާއި ރައީސް ސޯލިހު މާލެ އިން ގަމަށް ވަޑައިގަންނަވާތީ އިސްތިގުބާލުގައި ނިކުންނަން ސްކޫލު ދަރިވަރުނަނަށް މަޖުބޫރު ކުރުވަނީ ކަމަށެވެ.
ގަމު ކައުންސިލް ގެ ރައީސް މުހައްމަދު ޝިޔާމް، ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތަށް ފޮނުއްވި ސިޓީއެއް ގައި ބުނެފައި ވަނީ ރައީސް ސޯލިހް ގަމުގެ ތިން އަވަށެއްގައި ކަރަންޓު އެއް ވިއުގައަކުން ގުޅާ ދެއްވުމަށާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ސީޓީ ސްކޭން ހިދުމަތް ފައްޓަވައި ދެއްވުމާއި ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތަށް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ރަސްމިއްޔާތު އޮންނާނީ ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގުކޮޅުގައި ހުންނަ ސްޓޭޑިއަމްގައި ކަމަށް އެސިޓީގައި ވެއެވެ. އަދި ވީހާވެސް ގިނަ ދަރިވަރުން އެތަނަށް ފޮނުވައި ދެއްވުމަށް ސިޓީގައި ވަނީ އެދިފައެވެ.
ދާދިފަހުން ހޯރަފުށި އެއާޕޯޓު ހުޅުވަން ރައީސް ސޯލިހް އެރަށަށް ވަޑައިގެންނެވި އިރުވެސް ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ވަނީ މަރުހަބާ ކިޔަން ނެރެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔާފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.
އަހަރެމެން ކުޑައިރު ސްކޫލްގައި ތިއްބާ މެންދުރުގަޑީގައި ގެންގޮސް 2-3 ގަޑިއިރު ގަދަ އަވީގައިވެސް ބޭތިއްބި ރައީސް އަންނާތީ ތިބުނާ އިސްތިޤްބާލަކަށް. ކޮން ސަކަރާތެއް މީ. ކަލޭމެން ތިކުޅޭ ކުޅިވަރުގައި ސްކޫލް ކުދިން އިންވޯލްވްކުރުމުގެ ބޭނުމެއް ނެތް އެއްވެސް ހަމައެއްގައި. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މީ ކަޑަކަމެއް! ތެދުވާނީ ތެދަށް!