އިންޑިއާއާއި ބަންގްލަދޭޝްއަށް ފެނުގެ ސަޕްލައި ކަށަވަރު ކުރާ މައިގަނޑު އެއް މަސްދަރު ކަމަށްވާ، ޔާލޫންގް ޒާންގްޕޯ ކޯރުގައި ޗައިނާއިން ހައިޑްރޯޕަވާ ފެސިލިޓީއެއް ތަރައްގީ ކުރާ ކަމުގެ މައުލޫމާތު ހާމަކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާގެ ގޮތްޕެއްގެ ގޮތުގައި އޮޕަރޭޓް ގްލޯބަލް ޓައިމްސްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޗައިނާ ސަރުކާރުގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ޕްލޭންގައި، ފެނުން ހަކަތަ އުފެއްދުމުގެ ފެސިލިޓީއެއް، މި ކޯރުގައި އަޅަން ހަމަޖެހިފައި ވާ ކަން ހާމަވެއެވެ. އެ ނޫހުން މިކަން ހާމަކޮށްފައި ވަނީ، ޗައިނާ ޕަވާ ކޮންސްޓްރަކްޝަން ކޯޕަރޭޝަންގެ ޗެއާމަން ޔާން ޝިއޯޔޮންގްއާ ހަވާލާދީއެވެ.

ޗައިނާއިން ބުނާ ޔާލޫންގް ޒާންގްޕޯ ކޯރަކީ، ވަކި ހިސާބަކުން، ބްރާމަޕުތްރާ ކޯރަށް، އަދި ވަކި ހިސާބަކުން މެގްނާ ކޯރަށް ބަދަލުވާ ކޯރެކެވެ.

މި ސަރަހައްދުގައި ހައިޑްރޯޕަވާ ފެސިލިޓީއެއް އެޅުމުގައި ޗައިނާއަށް ބޮޑެތި ފައިދާތަކެއް އެބަހުއްޓެވެ. އެގޮތުން، ގަޑިއަކު، 300 ބިލިއަން ކިލޯ-ވޯޓުގެ ކާބަން-ފްރޯ ކަރަންޓް، ޗައިނާއަށް ކަށަވަރުވާނެއެވެ. މިއީ ޗައިނާއިން މިދިޔަ އަހަރު ކަރަންޓަށް ކުރި ޑިމާންޑްގެ 4 ޕަސެންޓް ކަމަށް ޔާން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތްއިރު، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވައިރަހުގެ ފެށުން އައީ، އިންޑިއާއަށް ކުރިމަތިވި ހޫނު މޫސުމުގެ ދުވަސްވަރު، ފެނަށް ޖެހި، އިންޑިއާއާއި ބަންގްލަދޭޝްއިން ބޭނުން ކުރި ފެނުގެ ސަޕްލައިގެ މަސްދަރެއް ތަގައްޔަރު ވެގެން ކަމަށްވެސް ޗައިނާއިން ވަނީ ތުހުމަތުތަކެއް ފެންމަތިކޮށްފައެވެ.