ޗައިނާގެ ފަސްގަނޑުގައި ހަރަކާތްތެރިވާ ބިދޭސީ ދީނީ ޖަމިއްޔާތަކުގެ ބާރު ކަނޑުވާލުމުގެ ނިޔަތުގައި، "ދީނީ ގޮތުން" ހައްދުފަހަނައަޅާ ދިއުން މަނާ ކުރުމާ ދެކޮޅަށް އާ ގަވައިދުތަކެއް ތައާރަފު ކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖީންޕިންގް އަމާޒު ހިއްޕަވައިފިއެވެ.

ކޮމިއުނިސްޓް ވެރިކަމެއް ކުރަމުން އަންނަ ޗައިނާއަކީ އިސްލާމުންނާ ދެކޮޅަށް އަދުގެ ޖީލުގައި އެންމެ ވަރުގަދަ އެއް ޖަރީމާ ހިންގަމުން އަންނަ އެއް ގައުމުކަން ފާހަގަ ކުރަންޖެހެއެވެ.

އެގޮތުން ރީހެބިލިޓޭޝަން މަޝްރޫއުތަކެއްގެ ނަމުގައި، ވީގޫރު ދަރިކޮޅުގެ މުސްލިމުންނާއި އެހެންވެސް ބައިމަދު ނަސްލުތަކަށް ނިސްބަތްވާ 2 މިލިއަނެއްހާ މީހުން ބަންދުކޮށް، އެމީހުންނަށް ލާއިންސާނީ އަނިޔާ ދެމުންދާ މައްސަލައަކީ މިއަދު މުޅި ބައިނަލްއަގުވާމީ މުޖުތަމައަށް ފާޅުކަން ބޮޑު ގޮތެއްގައި ތިލަވެފައިވާ މައްސަލައެކެވެ.

ޗައިނާއަށް ގެންނަ މި ބަދަލަކީ، އިސްލާމީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް ބުނެ ހުޅަނގުން ފަތުރަމުން އަންނަ ފަލްސަފާއަށް ޗައިނާވެސް އަހުލުވެރިވުން ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ދަނީ ސިފަކޮށްދޭން މަސައްކަތް ކުރަމުންނެވެ.